logo

ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަނީ

profile

އައިޝަތު އިނާޝާ - 29 އޯގަސްޓު 2024 - 19:13

ސަލްމާން މިސްކިތް

ސަލްމާން މިސްކިތް

ކޮންމެ ހުކުރު ދުވަހެއްގެ ޢިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާން ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިކަމަކީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ފައްޓަވާކަމެއްކަމަށެވެ.

މިކަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ތިލާވަތު މެހެފިލްގައި ޒުވާން ކުޅަދާން ޤާރީން ފެނިގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޙާއްސަ އާ އިމާރާތެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

tel:+9607331319