logo

ޙާފިޒުން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭ ކަމެއް: މިނިސްޓަރު ޝަހީމް

profile

އައިޝަތު އިނާޝާ - 29 އޯގަސްޓު 2024 - 15:33

ފޮޓޯ އިސްލާމިކް މިނިސްޓްރީ

ފޮޓޯ އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމަކީ އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭ ކަމެއް ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތްކަމެއް ކަމަށާއި ޙިފްޡު ކުރާ ކުދިން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރު ދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.

އަދި މިކަމަށް ޚަރަދު ކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މިފަދަ ކަންކަމުގައި މުޖުތުމަޢު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ޢުމްރާއަށް ފޮނުވުމަށް ލިޔުން ހަވާލުކުރެވުނު އަލްޙާފިޡް އަލީ ރަޢީފުގެ ޢުމްރާ ދަތުރަކީވެސް ދީލަތި ފަރާތެއްގެ އެހީތެރިކަންކަމަށާއި، އެކަމަށްޓަކައި އެ ފަރާތަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ޝަހީމް އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

tel:+9607331319