logo

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން އޭޖީ ދެއްވައިފި

profile

އައިމިނަތު ރޫޔާ - 17 ނޮވެމްބަރު 2024 - 21:33

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން އޭޖީ އިން ދީފި-- ފޮޓޯ: އޭޖީ އޮފީސް

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން އޭޖީ އިން ދީފި-- ފޮޓޯ: އޭޖީ އޮފީސް

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ބަނޑާރަނައިބު އަަޙްމަދު އުޝާމް ދެއްވައިފިއެވެ.

ބަަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސޮއޭޝަންއާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހަޅަފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ބިލާ ގުޅޭގޮތުން ހުރި ޝަކުވާތައް އަޑުއައްސަވައި، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ބަންޑާރަނައިބު އަޙްމަދު އުޝާމް ދެއްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އިތުރުން ، ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދާއި، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޜީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ދެ އިދާރާ އެއްކޮށްގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު، އަބްދުލްހަންނާން އަބޫބަކުރެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މީޑިއާތައް ސަރުކާރުން ކޮންޓްރޯލް ކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަަމަވެސް މި ބިލާއި މެދު ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމައެވެ. ސަރުކާރުން ބުނީ މި ބިލު ދިރާސާކުރަމުން އަންނަ ކަމަަށެވެ.

މި ބިލާއި ގުޅިގެން ވަނީ "ހަތަރެއްގެ ހައްގުގައި" ގެ ނަމުގައި ބިލު ބޭރުކުރުމަށް ކެމްޕެއިނެއް ފަށާފައެވެ.

https://wamco.com.mv/
tel:+9607331319