logo

ބަޖެޓަކީ ކޯއްޗެއްކަން ދަންނަ މީހުން މި ބަޖެޓަށް ތާއީދުކުރައްވާނެ: މެމްބަރު މުސްތަފާ

profile

އައިމިނަތު ރޫޔާ - 13 ނޮވެމްބަރު 2024 - 10:56

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް

ބަޖެޓު ކިޔަވައިދޭ، ބަޖެޓަކީ ކޯއްޗެއްކަން ދަންނަ މީހުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ތާއީދުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

މެމްބަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ހަގީގަތުގަގައި ބަޖެޓެއް ހުށަހަޅަން ޖެހޭ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އައު ކަންތައްތަކެއް ފެންނާތީވެ، އާ ގޮތްތަކަށް ބަޖެޓް އޮވެގެން އެކަމާއި ކުރީގެ ބައެއް ވެރިން ޕޯޑިއަމްތަކުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން ސިޓީ އުރައެކޭ. އެންވެލޮޕްއެކޭ. އެއީ އެންވެލޮޕްއަށް ލެވޭ ވަރަށް ވުރެ މި ބަޖެޓް ބޮޑު. އެންވެލޮޕްތަކަށް ލައިގެން އަޅުގަނޑުމެން ގެންގުޅޭ ވަރަށްވުރެ މި ބަޖެޓް ފުޅާ. އެހެންވީމާ އަޅުގަނޑު ދަންނަވާ ހިތްވަނީ ވަތްގަނޑުތަކެއްގެ ވާހަކަ." މެމްބަރު

މެމްބަރު ވިދާޅުވީ ބަޖެޓުގައި މައިގަނޑު ނުވަ ވަތްގަނޑެއް އޮންނަ ކަމަށާއި އެ ނުވަ ވަތްގަނޑުތެރޭގައި ހަރަދުކުރާނެގޮތާއި ހަރަދުގެ ކަންކަން ބަލަހައްޓާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޖެޓުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.

ސިއްހީ ދާއިރާއަށް 902 މިލިއަން ރުފިޔާ ހުށަހަޅާފައިވާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މިކަމުން އެނގިގެން ދަނީ ރާޢްޖޭގެ އެކި ހިސާބުތަކުގައި ތައްޔާރުކުރެވެމުންދާ ސިއްހީ މަރުކަޒުތަކާއި އަދި މާލޭގެއި ގާއިމުކުރުމަށް ސަރުކާރުން ރާވާފައި އޮތް ހޮސްޕިޓަލުތައް ގާއިމުކުރެވިގެންދާނެކަން ކަމަށެވެ.

ތައުލީމީ ދާއިރާއަށް 6،162 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް ކަން ފާހަގަކުރައްމާ މެމްބަރު ވިދާޅުވީ އެންމެ ބޮޑު ހަރަދައް ކުރަނީ ދަރިވަރުންނަށް ލޯން ސްކީމަށް ކަމަށެވެ.

މިކަމުގެ ސަބަބުން ދަރިވަރުންނަށް އޮތް މަތީ ތައުލީމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. ހަމައެއާއެކު 419 މިލިއަން ރުފިޔާ ސްކޫލާއި ޔުނިވާސިޓީތައް އިމާރަތްކުރުމަށް މި ބަޖެޓުގައި ހުށަހަޅާފައިވާ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

"އާސަންދަ ކަނޑާލަނިއޭ، އެހީތައް ކަނޑާލަނީއޭ، ސަބްސިޑީތައް ކަނޑާލަނީއޭ ކިޔާއިރު މި ބަޖެޓްގައި 65 އަހަރުން މަތީގެ މީހުނަށް ޕެންޝަން ގޮތުގައި 1049 މިލިއަން ރުފިޔާ ލިޔުއްވާފައި އެބައޮތް. އޭގެ މާނައަކީ އެކަންކަން ކަނޑާލާކަށް މި ބަޖެޓް ތަނެއް ނުދެޔޭ: މެމްބަރު

މެމްބަރު ވިދާޅުވީ އެންމެ ބޮޑު އެއް މައްސަލައަކީ މާލޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ ކަމަށާއި ކުދި ކުދި ތަންންކޮޅުގައި ތިން ހަތަރު އާއިލާ އުޅެން ޖެހިފައިވާ މައްސަލަ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު މުހިއްމު ވަނީ އަންނަ އަހަރުގެ ބަޖެޓުން މިމައްސަލަތައް ހައްލުކޮށްދޭތީކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ވިޔަފާރިވެރިންނަށް ބަރޯސާނުވެ އަމިއްލަ ބިންވެރިޔާއަށް ބިން ހެދޭނެގޮރް މި ބަޖެޓުން ވަރަށް ރީތިކޮށް އެބަ ދައްކައިދޭ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319