logo

އާ އަޒުމަކާއެކު ގައުމަށް ފާގަތިކަމާއި، ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް މަޖިލިސް ރައީސްގެ އިލްތިމާސެއް!

profile

ޝާމާ ޝުޢައިބު - 01 ޖެނުއަރީ 2025 - 08:40

ކޮންމެ މީހަކީވެސް، އާ ޢަޒުމަކާއި އާ ހިތްވަރަކާ އެކު ޤައުމަށް ފާގަތިކަމާއި، ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

https://wamco.com.mv/

މީލާދީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ މަޖިލީހުގެ ރައީސް ވަނީ މިފެށޭ މީލާދީ އައު އަހަރުގެ ތަޙުނިޔާ އާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުގައި އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް، އާ ޢަޒުމަކާއި އާ ހިތްވަރަކާ އެކު ދިވެހިޤައުމަށް ފާގަތިކަމާއި، ކުރިއެރުމާއި، އަރުތަ ހާޞިލް ކުރުމަށް ހިތްމަތާ އެކު މަސައްކަތްކުރާ ރައްޔިތަކަށް ވުމަށް މަސައްކަތް ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

މަޖިލީޙުގެ ރައީސް ވިދާޅުވީ ދުޢާއަކީ ދިވެހީންނަށް އުފާ ފާގަތި ފުދުންތެރި އަމާން ރައްކާތެރި މާދަމާއެއް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގައި ބަރަކާތްލައްވައި ،ދިވެހީންނަކީ އެކުވެރި، ހިތްހެޔޮ، ހެޔޮލަފާ، އަދި ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ ބަޔަކު ކަމުގައި الله ތަޢާލާ މިންވަރު ކޮށްދެއްވުން ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay