logo

މިލިއަން ޑޮލަރަށް ގެނައި ބޯޓު ހުރީ ބާ ދަނގަޑަށް ކިރަން އެހެލާފަ - ރުކުމާ

profile

އަހުމަދު ޒަލީފު - 24 ޖޫން 2023 - 16:17

—

މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ގެނައި "ތިމާވެށި" ނަމަކަށް ކިޔާ ބޯޓު ހުރީ ބާ ދަނގަޑަށް ކިރަން އެހެލާފަ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި ދިރާސާތަކުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ބަނދެފައިވާ މި އުޅަނދުގެ މެއިން ޑެކްގައި 3 މީހުންގެ ޖާގައިގެ 2 ކޮޓަރި، ފާޚާނާއާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

ހަމަ މި ޑެކްގައި މަސައްކަތަށް ޚާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސަރ ރޫމެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަރ އަދި އިންޖިނިއަރ އަށް ހާއްސަ ރޫމަކާއި އިތުރު 4 މީހުންގެ ޖާގައިގެ 3ކޮޓަރި ހިމެނޭކަމަށާއި، މި އުޅަނދާއެކު އިމަރޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މިލިއަން ޑޮލަރުގެ ޝިރުކު ބޯޓްގައި ޖަހާ ކާށި ފެޅިތާ ފޮއި ދުވަސް. މިހާރު ބާދަގަނޑަށް ކިރަން އެހެލާފަ - ރުކުމާ

ގިނަ ބަޔަކު ތުޙުމަތު ކުރާ ގޮތުގައި މި މަސައްކަތަކީ ބަޔަކަށް ނާޖައިޒް ފައިދާތަކެއް ހޯދައިދިނުމަށްޓަކައި ހިންގާފައިވާ "ޖަރީމާ"އެކެވެ.

https://int.etukuri.mv/
tel:+9607331319