logo

ސައިންޓިސްޓުންގެ ޓީމަކުން ޕެސިފިކު ކަނޑުގެ އަޑިން 5000ށްވުރެ ގިނަ ދިރުންތައް ހޯދައިފި

profile

ޙުސައިން ފަޒީލް - 27 މޭ 2023 - 21:22

ސައިންސްވެރިންނަށް ހޯދާފައިވާ ބައެއް އައު ދިރުންތައް

ސައިންސްވެރިންނަށް ހޯދާފައިވާ ބައެއް އައު ދިރުންތައް

ސައިންޓިސްޓުންގެ ޓީމަކުން އެމެރިކާގެ ހަވާއީ އާއި މެކްސިކޯއާ ދެމެދު ޕެސިފިކު ކަނޑުގެ އަޑިން 5000ށްވުރެ ގިނަ އައު ދިރުން ހޯދައިފިއެވެ. ކަނޑުގެ 6 މިލިއަން ސްކްއެރ ކިލޯމީޓަރުން 5578 ވައްތަރުގެ އައު ދިރުންތައް ފެނިފައިވާކަމަށް މިދިއަ ބުރާސްފަތި ދުވަހު މި ޓީމުންވަނީ ހާމަކޮށްފައެވެ. މީގެތެރެއިން %92އަކީ މުޅިން އައު ބާވަތްތައްކަމަށް މައުލޫމާތު ލިބެއެވެ. ފެނިފައިވާ ގިނަ ދިރުންތަކަކީ އިއްސާއި ކަކުނި ފަދައިން ބޭރުގައި ހަރު ތޮށިގަނޑެއް ލެވިފައިވާ ދިރުންތަކެވެ. ދެން ހިމެނެނީ އެކި ގޮތްގޮތަށް ހުންނަ ފަނީގެ ބާވަތްތަކެވެ.

ހަވާއީ އާއި މެކްސިކޯއާއި ދެމެދުގެ ސަރަހައްދަކީ މިހާރު އެންމެ ގިނަ އަދަދަކަށް މައުދަން ހުރިކަމަށް ބެލެވޭ ސަރަހައްދެވެ. މި ސަރަހައްދުގެ ކަނޑުގެ އަޑީގައި ގިނަ އަދަދަކަށް ޒިންކު، ކޮޕާ، މެންގަނީޒް އަދި ކޮބޯލްޓް ފަދަ މައުދަންތައް ހުރެއެވެ. މިހާރުވެސް އެމެރިކާ، ޗައިނާ އަދި އިނގިރޭސިވިލާތުން މިސަރަދުން މައުދަން ނެގުމުގެ މަސައްކަތް ކުރަމުން ދެއެވެ. މި ސަބަބާހުރެ މި ފެނުނު އާ ދިރުންތަކުގެ ރައްކާތެރިކަމާމެދު ސައިންސުވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައިންސްވެރިން ދަނީ މިހާރު ފެނިފައިވާ އައު ދިރުންތަކަށް ނަން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319