logo

ޔޫރޯގެ ވަދާއީ މެޗު ނިމުނީ ރޮނާލްޑޯއަށް ހިތްދަތި ގޮތަކަށް

profile

ޒިދާން މުޙައްމަދު - 06 ޖުލައި 2024 - 21:22

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓުބޯޅަ މުބާރާތުގައި، ފެވަރިޓުން ކަމަށްވާ ފްރާންސާއި ޕޯޗުގަލް ބައްދަލުކުރި ކުއާޓަރ ފައިނަލް މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ.

ކުއާޓަރ ފައިނަލްގެ މެޗު ކާމިޔާބުކޮށް ފުޓުބޯޅައިގެ ގަދަބާރެއް ކަމަށްވާ ފްރާންސުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ގައި ކުރި ހޯދައިގެންނެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގެ 90 މިނިޓާއި، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓުގެ ދެހާފުގައި ވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި ފްރާންސް މޮޅުވީ 5-3ގެ ނަތީޖާއަކުން. ފްރާންސުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ.

ޕޯޗްގަލްއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ނާކާމިޔާބުވިއިރު އެ ޕެނަލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ފްރާންސުން ޕެނަލްޓީ ޖެހީ ޑެމްބެލޭ، ފޮފާނާ، ކޫންޑޭ، ބާކޯލާ އަދި ތިއޯ ހެނާންޑޭޒްއެވެ. ޕޯޗްގަލް އިން ޕެނަލްޓީ ކާމިޔާބުކުރީ ރޮނަލްޑޯ، ބާނާޑޯ ސިލްވާ އަދި ނޫނޯ މެންޑޭޒްއެވެ.

ޕެނަލްޓީގައި ބަލިވި ނަމަވެސް މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ޕޯޗުގަލަށް ލިބުނެވެ. ބޯޅަ ގިނައިރު ހިފަހައްޓައިގެން ކުޅުނީވެސް ޕޯޗްގަލްއެވެ.

ނަމަވެސް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

މިމެޗުގެ ނަތީޖާއާއެކު ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ވަނީ ތަފާތު ޝުއޫރުތައް ފާޅުކޮށް. ގިނަ ބަޔަކު އިއްތިފާގުވެފައިވާ ގޮތުގައި ސެމީ ފައިނަލަށް ނުދެވި އަލްވާދާއު ކިޔަން ޖެހުމަކީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއަށް ހައްގު މިންވަރެއް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ދެއްކި ރީތި ކުޅުމާއި ނަމޫނާއަށް ބަލާއިރު އޭނާއަށް ވަދާއީ ޔޫރޯ މުބާރާތް މިއަށް ވުރެ ރަނގަޅަށް ނިމެން ޖެހޭނެ ކަމަށް އެ މީހުން ބުނެއެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ.

https://int.etukuri.mv/
tel:+9607331319