logo

ބޮޑުހިއްޗާއި އޮއްކޮބޭ ހިމާޔަތްކޮށްފި

profile

ޒިދާން މުޙައްމަދު - 04 އޯގަސްޓު 2024 - 18:32

މާލެ އަތޮޅުގައި އޮންނަ ބޮޑު ދެ ތިލަ ކަމަށްވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފިއެވެ.

ކަނޑުގެ ދިރުންތައް ގިނަ، އެ ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ތިލަތަކެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ދެ ތިލަ ހިމާޔަތްކުރީ ގުޅިފަޅު ހިއްކުމަށްޓަކައި ހިންގާ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާ ބަޔޯޑައިވާސިޓީ އޮފްސެޓް ޕްރޮޖެކްޓްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިންގާ ޕްލޭންގެ ދަށުންނެވެ.

އެ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ބޮޑުހިތި ތިލައަކީ ކ. އަތޮޅުގެ ހުޅަނގު ފަރާތުގައި އޮންނަ 127.47 ހެކްޓަރުގެ ސަރަހައްދެކެވެ. އެއީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާ ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ.

އޮއްކޮބޭ ތިލިއަކީ ކ. އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ 379.31 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެއީ ގިނަ އަދަދެއްގެ ކުދި ހޮހަޅަ އާއި "އޯވާހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ ޕަސެންޓު ބޮޑު ސަރަހައްދެކެވެ.

https://int.etukuri.mv/
tel:+9607331319