logo

ތ. އަތޮޅުގެ 12 ރަށެއްގައި ސޯލާ ޕީވީ ނިޒާމް ގާއިމްކޮށްފި

profile

އާމިނަތު ޝަފާ - 23 ޖުލައި 2024 - 21:16

މިނިސްޓަރ ތާރިގް ފެނަކަ އެމްޑީ މުއާޒާއެކު

މިނިސްޓަރ ތާރިގް ފެނަކަ އެމްޑީ މުއާޒާއެކު

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ގާއިމުކޮށް މީގެ އިތުރުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބެހެއްޓިފައެވެ.

މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ޤާއިމުކުރެވިފައެވެ. މި މަޝްރޫޢުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އެއް މަޝްރޫއުކަމަށާއި މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޕޮއިސްޑް މަޝްރޫޢުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި ޑީސަލް އިންޖީނުގެތައް ބެޓަރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ގެންދަނީ ބަދަލުކުރަމުންނެވެ. މިހާތަނަށް މި މަޝްރޫޢުގެ ދަށުން 72 ރަށެއްގައި މަސައްކަތް ނިމި، ޖުމްލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖް ގާއިމުކުރެވިގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުވެ، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށާއި

މި މަޝްރޫޢުގެ މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައަށް އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުންކަމަށް މިނިސްޓްރީން ދެކެއެވެ. މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި 20 މެގަވޮޓުގެ ސޯލާ ޕީވީ އާއި ގަޑިއަކު 40 މެގަވޮޓު ބެޓެރީ އެނަރޖީ ސްޓޯރޭޖް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، ވައިން އަދި ކަނޑުގެ ހަކަތައިން ހިންގާ ނިޒާމުތައްވެސް ޕައިލެޓް ކުރެވި، ދިވެހިރާއްޖޭގައި މި ޓެކްނޮލޮޖީތައް ބޭނުންކުރެވިދާނެ މިންވަރު ވަޒަންކުރެވޭނެއެވެ.

https://int.etukuri.mv/
tel:+9607331319