logo

މުޖުތަބާ މަޤާމުން ވަކިކޮށްފި

profile

އަހުމަދު ޒަލީފު - 29 މޭ 2023 - 22:45

އެންވަޔަރުމެންޓްގެ ސްޓޭޓް މިނިސްޓަރު މުޖުތަބާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުން

އެންވަޔަރުމެންޓްގެ ސްޓޭޓް މިނިސްޓަރު މުޖުތަބާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުން

އެމްޑީޕީ ދެ ބައިވެ މިހާރު އުފައްދަން މަސައްކަތްކުރާ "ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ރައީސް އޮފީހުން މުޖުތަބާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭނާ އެ މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން މުޖުތަބާ ވަކިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ސްޓޭޓް މިނިސްޓަރަކަށް މުޖުތަބާ އައްޔަކުރެއްވީ ނޮވެމްބަރު 29، 2018 ގައެވެ.

އެމްޑީޕީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކި ކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެބޭފުޅުން ވަކި ކުރައްވަން ފެއްޓެވީ ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ހަރަކާތް ފުޅާ ކުރައްވައި އެންމެ ފަހުން "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ފެށި ފަހުންނެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކުރުމުން ދޭހަވަނީ ރައީސް ސޯލިހްގެ ފިނޑި ކަމެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ފަރާތްތަކަށް ސަރުކާރުގައި ހިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ގައުމުގެ މުސްތަގްބަލަށް އެޅޭ ހިޔަންޏެއް ކަމަށް ވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319