logo

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހޮނިހިރު ދުވަހު ބާއްވަނީ

profile

ޔޫޝައު ހަސަން - 06 ޖޫން 2023 - 13:04

ހުޅުމާލޭގެ ބީޗް ސާފުކުރަނީ - ފޮޓޯ - އާބަންކޯ

ހުޅުމާލޭގެ ބީޗް ސާފުކުރަނީ - ފޮޓޯ - އާބަންކޯ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުުރުމުގެ ގޮތުން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ހޮނިހިރު ދުވަހު ބާއްވަން އަރބަންކޯއިން ނިންމައިފިއެވެ.

މިއަހަރުގެ ތިމާވެށިގެ ދުވަސް މި މަހުގެ 5 ވަނަ ދުވަހާއި ދިމާވެފާވާއިރު، މި ހަރަކާތް ފެށުމަށް ހަމަޖެހިފައި އެދުވަހުގެ ވަނީ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ ހަތް ސަރަހައްދެއް ސާފުކުރުމަށް ހަމަ ޖެހިފައިވާކަމުގައި އާބަނކޯއިން މައުލޫމާތު ދެއެވެ. އެއީ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެންނެވެ. 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް ހަރަކާތްތަކާއި އެކުގައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އަރބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށްތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށްބަހާލައިގެން ކުރުމަށް އާބަންކޯއިން ވަނީ ރާވައިފައެވެ.


https://wamco.com.mv/
tel:+9607331319