logo

ބަރަހަނާ ޗެނަލްތަކަށް ސަބްސްކްރައިބްކުރި މީހުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ: ފުލުހުން

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 19:00

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ައަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކި ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބްކުރި މީހުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލް ހަދައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގި ޚާއްސަ އޮޕަރޭޝަނާ ގުލޭ މައުލޫމާތު މީޑިއާއާ ހިއްސާކުރަމުންނެވެ.

ފުލުހުންވަނީ، 571 ޓެލެގްރާމް ޗެނެލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހްގީގު ކުރަން ފަށާފައެވެ.

މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

އަދި މި ޗެނަލްތަކުގައި 300،000 އަށް ވުރެ ގިނަ ފޮޓޯއާއި ވީޑިއޯ ހުރިކަމަށާއި މި ޗެނެލް ބޭނުންކޮށްގެން މާލީ މަންފާ ހޯދަމުންދިޔަ 3 މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނެ ފިޔަވަޅު އަޅާނަން. ސަބްސްކްރައިބްކޮށްފައިވާ ފަރާތްތައް އަދި މިއާ ގުޅިގެން އިތުރު ފަރާތަކާ ޝެއާކޮށްފައި އިން މީހަކު ވެސް ފޮޓޯ ހޯދަން އުޅުނު މީހަކާ ދޭތެރޭވެސް ފިޔަވަޅު އަޅާނަން". ފުލުހުން

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ)އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނާ ގުޅޭގޮތުން މީސްމީޑިއާތަކުގައި އާންމުން އަންނަނީ ތައުރީފްކުރަމުންނެވެ.

tel:+9607331319