logo
ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާސަން  މުހައްމަދު ނަޝީދު

ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

އޮކްޓޯބަރު މަހު މާލެއަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ: ނަޝީދު

profile

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 17:21

މާލެއަށް އާންމުކޮށް އޮކްޓޯބަރު މަހު ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވިއްސާރަވެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޫސުމީ ބަދަލުތަކާއި ވިއްސާރައިގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މީސްމީޑިއާގެ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޮކްޓޯބަރު މަހަކީ މާލެއަށް އާންމުކޮށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 205 އާއި 230 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭ ވެހޭ މަހެއް ކަމަށެވެ. އަދި ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މިންވަރު 301 މިލިމީޓަރަށް ވެސް އަރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އާންމު ގޮތެއްގައި މި މަހުގެ ތެރޭގައި ވިއްސާރަވާނީ ގާތްގަނޑަކަށް 11 ދުވަހާއި 16 ދުވަހާ ދެމެދުގެ އަދަދަކަށެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 7.5 މިލިމީޓަރުގެ ވާރޭ ނުވަތަ ވިއްސާރަވާ ކޮންމެ ދުވަހަކަށް 13.4 މިލިމީޓަރުގެ ވާރެއެވެ.

View post on Twitter

ނަމަވެސް، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ހާލަތަށް ބަލާއިރު އިއްޔެ އާއި މިއަދު (އޮކްޓޯބަރު 21) އެކަނިވެސް ގާތްގަނޑަކަށް 26.8 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިރެއާއި މާދަމާ (އޮކްޓޯބަރު 22) ގާތްގަނޑަކަށް 31.5 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، އޮކްޓޯބަރު 23 އިން 25 އަށް ދުވާލަކު 10 އާއި 19 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ވެހެމުންދާ އަދި ވެހޭނެ ކަމަށް ލަފާކުރެވޭ ވާރޭގެ މިންވަރަކީ އާންމުކޮށް ދުވާލެއްގެ މައްޗަށް ވެހޭ މިންވަރަށްވުރެ 2 ނުވަތަ 3 ގުނަ އިތުރު މިންވަރެކެވެ. މިގޮތަށް ކުރިއަށް އޮތް ހަފުތާގައި ވިއްސާރަ ދެމިގެންގޮސްފިނަމަ، ފަސް ދުވަސް ތެރޭގައި މާލެއަށް 100 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނެއެވެ. މިއީ މުޅި އޮކްޓޯބަރު މަހު އާންމުކޮށް ވެހޭ ވާރޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިންވަރު އެންމެ ހަފުތާއެއްގެ ތެރޭގައި ވެހިގެން ދިއުމެވެ.

މީގެ އިތުރުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދައިން ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319