
ޖުލައި މަހު ރާއްޖެއަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 03 އޯގަސްޓު 2026 - 12:54
ހުސްވި ޖުލައިމަހު ދިވެހިރާއްޖެއަށް 184،735 ފަތުރުވެރިންޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު 46 އިންސައްތައިގެ ކުރިއެރުމެއް ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.9 އިންސައްތައިގެ ދަށްވުމެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، މިއަހަރުގެ މާޗް މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވި ނަމަވެސް، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފެބުރުއަރީ މަހުގައެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިހާރު ދުވާލަކު އެވްރެޖްކޮށް 5،924 ފަތުރުވެރިން ރާއްޖެ އާދެއެވެ.
މީގެ ތެރެއިން އެންމެ ބޮޑު މާކެޓެއްގެ ގޮތުގައި ފާހަގަކުރެވެނީ ޗައިނާ އަދި ރަޝިއާއެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 22 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބައެއް އަދިވެސް ބިނާވެފައިވަނީ ރިސޯޓުތަކުގެ މައްޗަށެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީ ޕޯޓް މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލް އިން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން

އިކޮނޮމިކް މިނިސްޓަރ ސައީދު މަގާމުން ވަކިކުރަން އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފި
7 ގަޑިއިރު ކުރިން

ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ގާއިމްކުރަން ބިން ހަމަޖައްސައިދީފި
7 ގަޑިއިރު ކުރިން

ދަތިވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
8 ގަޑިއިރު ކުރިން


