
މިނިވަންކަން ލިބިފައި މިވަނީ ކާބަފައިންގެ ސަބަބުން: ފަސްޓް ލޭޑީ

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:52
ދިވެހިރާއްޖެއަށް މިއަދު ލިބިފައިވާ މިނިވަންކަމުގެ މަތިވެރި ނިއުމަތަކީ މާޒީގައި ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކުގެ ފޮނި ނަތީޖާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، މިނިވަންކަމުގެ އުފާވެރިކަން ލިބިފައިވަނީ ކާބަފައިންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި، ހުރިހާ ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި، މިނިވަންކަމަށްޓަކައި ކާބަފައިން ވެވަޑައިގެންނެވި ގުރުބާނީތަކުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ބިނާކުރުމަކީ މިއަދު އަދާކުރަންޖެހޭ އެންމެ އިސް ވާޖިބެވެ.
ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގެ ހިތްވަރާއި، ފަހުރުވެރި ގައުމީ ރޫހެއް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިލްމާއި ނަމޫނާ އަޚްލާގުގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތުލް ޖީލެއް ބިނާކުރުމަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ.
މި ތާރީހީ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ.
އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން ރާއްޖެއަށް މިނިވަންކަން ލިބިފައިވާތާ މިހާރު މިވަނީ 61 އަހަރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި
5 ގަޑިއިރު ކުރިން

ހުސްވި ހަފްތާގައި އެމްޕީއެލުން 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި
5 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
8 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
8 ގަޑިއިރު ކުރިން


.gif&w=3840&q=75)