
ލުބުނާނުން 7 ދުވަހުގެ ތެރޭ 15 ކުދިން ޝަހީދުވެ، 62 ކުދިން ޒަޚަމްކޮށްލައިފި

އާމިނަތު ޝަޒްލާ - 29 މޭ 2026 - 18:43
ލުބުނާނުގައި 7 ދުވަހުގެ ތެރޭގައި 15 ކުޑަކުދިން ޝަހީދުވެ 62 ކުދިން ޒަޚަމްވެފައިވާ ކަމަށާއި، އެއީ ކޮންމެ 24 ގަޑިއިރަކު އެވްރެޖްކޮށް 11 ކުޑަކުދިން ކަމަށް ޔުނިސެފުގެ ތަރުޖަމާނު ރިކާޑޯ ޕިރޭސް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރިކާޑޯ ޕިރޭސް ވިދާޅުވީ މި ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކަށް އަސަރު ކޮށްފައިވަނީ ދެކުނު ލުބުނާނަށް ދިން ވައިގެ ހަމަލާތަކުން ކަމަށެވެ. މިދިޔަ މާޗް 2 އިން ފެށިގެން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ލުބުނާނުން 3،100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އިސްރާއީލުން ދަނީ ލުބުނާންގެ އިތުރުން ފަލަސްތީނުގެ ޣައްޒާއަށް ވެސް ހަމަލާ ދެމުންނެވެ. އެގޮތުން 2023 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 72،819 އަށް އަރައިފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވަނީ 172،894 އަށް އަރައިފައެވެ. މި މީހުންގެ ތެރެއިން 922 މީހުން ޝަހީދުކޮށްލާފައިވަނީ ހަނގުރާމަ މެދުކަނޑާލުމަށް މިދިޔަ އޮކްޓޫބަރުގައި އެއްބަސްވުމެއް އެކުލަވާލި ފަހުންނެވެ. އަދި އެ މުއްދަތުގައި 2،786 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ލ. ގަމުގައި ކަރަންޓު ޖެހި ހާލު ދެރަވި ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
ގަޑިއިރެއް ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
3 ގަޑިއިރު ކުރިން

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)