
ލ. ގަމުގައި ކަރަންޓު ޖެހި ހާލު ދެރަވި ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

އާމިނަތު ޝަޒްލާ - 29 މޭ 2026 - 18:42
ލ. ގަމުގައި ކަރަންޓު ޖެހި ދެރަވި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ. އެ ކުއްޖާ ވެންޓިލޭޓަރުން ނަގާފައިވަނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.
ވެންޓިލޭޓަރުން ނަގާފައިވީ ނަމަވެސް ނަމަވެސް، އެ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މީސްމީޑިއާއަށް ވަނީ ހިއްސާކޮށްފައެވެ. މި ހާދިސާގައި އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވީ ނަމަވެސް، ލިބުނު އަނިޔާތަކުގެ ސީދާ ތަފްސީލެއް ހޮސްޕިޓަލުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައެވެ. އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވުނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ އިމަރޖެންސީގައި ކުއްޖާއަށް ފަރުވާ ދޭން ފެށި ނަމަވެސް، ކަރަންޓުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތައް ބޮޑުވެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ވެންޓިލޭޓަރަށް ބަދަލުކުރިއެވެ.
އައިޖީއެމްއެޗަށް ގެނައި ފަހުން އެ ކުއްޖާއަށް ފަރުވާ ދެމުންދިޔައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. މިއަދު ވެންޓިލޭޓަރުން ނެގި ނަމަވެސް، ކުއްޖާގެ ހާލަތު އަދިވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ލުބުނާނުން 7 ދުވަހުގެ ތެރޭ 15 ކުދިން ޝަހީދުވެ، 62 ކުދިން ޒަޚަމްކޮށްލައިފި
ގަޑިއިރެއް ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
3 ގަޑިއިރު ކުރިން

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)