
ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އާމިނަތު ޝަޒްލާ - 29 މޭ 2026 - 16:30
ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ އުމުރުން 25 އަހަރުގެ ޖައިނަބު ވާޖިދު އަލީ އާއި އުމުރުން 21 އަހަރުގެ މުހައްމަދު ނަވާޒް ދަޔަތަރުއެވެ.
އެދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ކުރީކޮޅު ކަސްޓަމްސްއިން އެ ދެ މީހުން މަސްތުވާތަކެއްޗާއެކު ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. އެ މައްސަލައާ ގުޅިގެން ހަތަރު ފަހަރެއްގެ މަތިން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުުރުވެސްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަވާޒް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އަދި ޖައިނަބު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަމުރުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ފެނިގެން ކޮންޓްރޯލް ޑެލިވަރީ ޖައްސަންވެސް ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް ނަވާޒް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ތަކުރާރުކޮށް ފުލުހުންގެ އިންސްޓަރަކްޝަންތަކާ ޚިލާފުވެ އެއްބާރުލުން ދީފައިނުވާކަމަށް ވެސް ވަނީ ކޯޓް އަމުރުގައި ބުނެފައެއެވެ.
ގުޅުން ހުރި ޙަބަރުތައް

ލުބުނާނުން 7 ދުވަހުގެ ތެރޭ 15 ކުދިން ޝަހީދުވެ، 62 ކުދިން ޒަޚަމްކޮށްލައިފި
ގަޑިއިރެއް ކުރިން

ލ. ގަމުގައި ކަރަންޓު ޖެހި ހާލު ދެރަވި ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
ގަޑިއިރެއް ކުރިން

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)