
އަލިފާނުގެ ހާދިސާތައް ގިނަވަނީ، ސަމާލުވޭ!

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2026 - 05:47
މިދުވަސްވަރު އެންމެ ގިނައިން ލިބޭ އެންމެ ހިތާމަވެރި އެއް ހަބަރަކީ އަލިފާނުގެ ހާދިސާތަކުގެ ހަބަރުތަކެވެ.
ދޭތެރެ ދޭތެރެއިން ރާއްޖެ އާއި މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
އަލިފާނުގެ ހާދިސާ އެއް ނުހިނގާ އެންމެ މަހެއްވެސް ނުދެއޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ގެއެއްގައި އަލިފާން ރޯވި ނަމަވެސް ގުދަނެއްގައި އަދި ކެފޭ އެއް ނޫނީ ފިހާރަ އެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގި ނަމަވެސް އެކަމުގެ ސަބަބުން އެ ލިބޭ ގެއްލުން އިންތިހާ ދަރަޖައަށް ބޮޑެވެ.
ގިނަފަހަރު އަލިފާނުގެ ހާދިސާ ހިނގަނީ ކޮންމެވެސް އެއްޗެއް އަނދައިގެން، ކަރަންޓު ޝޯޓެއް ވެގެން، އޭސީ އެއް ހަލާކުވެގެން ނުވަތަ ކައްކަން ބޭނުންކުރާ ކޮންމެވެސް އާލާތެއްގެ ސަބަބުންނެވެ.
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަލިފާން ނިވާ ސާމާނު ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ހާލަތެއްގައި ބެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
މިޒަމާނުގައި ގެދޮރު އަދި އިމާރާތްތައް ހަދާއިރު އަލިފާނުގެ ހާދިސާތަކުން ސަލާމަތްވާނެ ގޮތުގެ އެމަރޖެންސީ އެސްކޭޕް ޕްލޭން އެއް ކޮށްފައި އަދި އަލިފާނުގެ ހާދިސާ އެއް ހިނގައިފިނަމަ އަމަލު ކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށްފައި ހުންނަން ވާނެއެވެ.
އަލިފާނުގެ ހާދިސާ އެއް ހިނގުމުގެ ކުރިން އެކަމަށް ސަމާލުކަން ދިނުމަށް އަދި އެކަން ދެނެގަނެވޭނެ ފަދަ ވަސީލަތެއް އިމާރާތުގައި ނުވަތަ އުޅަނދުގައި ގާއިމްކޮށްފައި ހުރުމަކީ ވަރަަށް ވެސް މުހިއްމު ކަމެކެވެ.
ސްމޯކް ޑިޓެކްޓަރ ނުވަތަ ދުން އަރާނަމަ އެކަން ދެނެގަނެވޭނެ ވަސީލަތްތަކާއި ފަޔަރ އެލަރމް ނުވަތަ އަލިފާނުގެ ހާދިސާ އެއް ހިނގައިފިނަމަ އެކަން އިމާރާތުގައި އުޅޭ އެންމެންނަށް އަންގައިދެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައި ހުރުމަކީ ބޭނުންތެރި ކަމެކެވެ.
ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ އަލިފާން ނިންވަން އުނދަގޫ ވާނެއެވެ.
އޮޑި ދޯނިފަހަރާއި ލޯންޗް ގައި ރޯވާ އަލިފާންވެސް ނިއްވާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
ގިނަ ފަހަރު އަލިފާނުގެ ހާދިސާތައް ހިނގައި އަލިފާން ނިއްވާލެވޭއިރު، އަލިފާން ރޯވި ތަނެއް ނުވަތަ އެއްޗެއް ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާ ވެފައެވެ.
އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް ތައްޔާރުވެ ތިބެންޖެހެއެވެ.
އަލިފާނުގެ ހާދިސާއެއް ހިނގާނީ ކޮންއިރަކު ކޮންތާކު ކަން ދެނެގަތުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އަލިފާން ނިއްވާނެ ސާމާނާއި އާލަތް ހަމަކޮށްގެން ތިބުމަކީ ކުރެވިދާނެ ކަމެކެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުންނާއި އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން އަލިފާނުގެ ހާދިސާތަކުގެ ހާލަތު އަބަދުވެސް ގާތުން ބަލަމުންގެންދެއެވެ.
އަލިފާނުގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއޭމްއޭ އިން އެހީތެރިކަން ފޯރުކޮށްދެއެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންވެސް އަލިފާން ނިއްވުމުގައި އެހީތެރިވެދީ ކުރާ މަސައްކަތަކީ ވަރަށް ވެސް މުހިއްމު އަދި ޝުކުރާއި ތައުރީފް ހައްގު މަސައްކަތެކެވެ.
އަލިފާނުގެ ހާދިސާއެއް ގެއެއްގައި އަދި އެނޫންވެސް ތަނެއްގައި ހިނގައިފިނަމަ ޖެހިގެން ހުރި ގޭގެ އަވަށްޓެރިން އަދި އެހިސާބުގަނޑު އެންމެން ވެގެން އަލިފާން ނިއްވުމުގައި އަވަދިނެތި އުޅެއެވެ. މިކަމުންވެސް ދިވެހިންގެ އެކުވެރިކަން ދައްކުވައިދެއެވެ.
އަލިފާނުގެ ހާދިސާތަކުގެ ތާރީހަށް ބަލާއިރު، ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަލިފާނުގެ ބައެއް ހާދިސާތަކުގައި ބައެއް މީހުން މިދުނިޔެ އާއި ވަކިވެފައިވާއިރު އަނެއް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ދިރިއުޅުމަށް އުމުރު ދުވަހު ކުރި މަސައްކަތް ހިނދުކޮޅެއްގެ ތެރޭގައި ވީރާނާ ވެގެންދިއުމަކީ އެކަމުގެ ހިތްދަތިކަން ތަހައްމަލު ކުރަންޖެހޭ ހިތާމަވެރި ވަގުތެކެވެ.
އަލިފާނުގެ ހާދިސާގައި ގެދޮރާއި، އިމާރާތްތަކާއި އެހެނިހެންވެސް މުދާ ހަލާކުވެ ދިއުމުން އަލުން އެތަކެތި ވަގުތުން ހޯދުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ.
އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށް އަލިފާން ނިއްވަން ބޭނުންކުރަނީ ކޮންކަހަލަ ވަސީލަތެއްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަލިފާނުގެ ހާދިސާއެއް ހިނގައިިފިނަމަ ލަސްނުކޮށް އެކަން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަކީ މުހިއްމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

"ޑޮލަރެއްނެތް" އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ގަޑިއިރެއް ކުރިން

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
4 ގަޑިއިރު ކުރިން

ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15،000 އިން މައްޗަށް!
5 ގަޑިއިރު ކުރިން

ޖީއެޗްޖީ އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)