logo

ޖީއެޗްޖީ އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި

profile

އާމިނަތު ޝަޒްލާ - 09 ޖުލައި 2026 - 12:01

ގަލްފް ހޮޓެލްސް ގްރޫޕް (ޖީއެޗްޖީ) އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

https://wamco.com.mv/

ބަހްރެއިންގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޖީއެޗްޖީން މިއީ ދިވެހި ޕާޓްނަރެއް ކަމަށްވާ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ތަރައްގީ ކުރާ ރިސޯޓެކެވެ.

ރާއްޖޭގައި ލަގްޒަރީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ގަލްފް ހޮޓެލްސް ގްރޫޕާއި ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި އެމްއޯޔޫއެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ގަލްފް ހޮޓެލްސްގެ ރިސޯޓު ތަރައްގީކުރަން ނިންމާފައިވަނީ ކ. އަތޮޅުގައި އޮންނަ ފަޅެއްގައެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރައިގެން ލޯންޗެއްގައި ފަންސަވީހަކަށް މިނެޓު ތެރޭގައި ދެވޭ ހިސާބުގައި އޮންނަ ފަޅެކެވެ

ކެރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ރިސޯޓު ތަރައްގީ ކުރާއިރު، އެ ކުންފުނިން މީގެކުރިން ވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ފަދަ ލަގްޒަރީ އެތައް ރިސޯޓުތަކެއް ޑިޒައިންކޮށް ޕްލޭންކޮށް ތަރައްގީކުރުމުގައި މަސައްކަތްކޮށްފައެވެ.

ގަލްފް ހޮޓެލްސް ގްރޫޕަކީ ހޮސްޕިޓާލިޓީ ދާއިރާގައި 50އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk