logo

އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ހާއްސަ ކްލިނިކެއް ހުޅުވައިފި

profile

އާމިނަތު ޝަޒްލާ - 09 ޖުލައި 2026 - 12:00

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް (ސީއައިއީޑީ) ފޮލޯއަޕް ކްލިނިކެއް ރަސްމީކޮށް ހުޅުވައިފިއެވެ.

https://wamco.com.mv/

ނޭޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) ގެ އެއްބާރުލުމާ އެކު ހުޅުވާފައިވާ މި ކްލިނިކްގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އެންސީސީއެސްގެ ހާއްސަ ޓީމެއް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް، އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމާ ގުޅިގެން ގިނަ ފަރުވާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދަތުރުގެ ތެރެއިން ހަ ކޮރޮނަރީ އެންޖިއޯގްރާމާއި ދެ ކޮރޮނަރީ އެންޖިއޯޕްލާސްޓީ ހިމެނޭހެން ޖުމްލަ ހަތް މީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ތިން ބަލިމީހުން ހިމެނެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫގައި މިފަދަ ކްލިނިކެއްގެ ޚިދުމަތް ފެށިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ހިތުގެ ބަލިމީހުން ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދިގު އަދި ބޮޑު ހޭދައެއް ހިނގާ ދަތުރުތަކަށް ލިބިގެންދާނެ ދާއިމީ ހައްލެކެވެ.

ދެކުނުގެ ސަރަހައްދުގައި ހިތުގެ ބަލިތަކަށްދޭ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމަށް މިއީ އެޅިގެންދިޔަ ވަރަށް މުހިންމު އަދި ތާރީހީ ފިޔަވަޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk