
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ

އާމިނަތު ޝަޒްލާ - 09 ޖުލައި 2026 - 13:23
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ގދ. ގައްދޫ ކަށިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. އާމިނަތު ފަޒުނާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މާލޭގައެވެ.
ޑރ. ފަޒުނާގެ ކަށުނަމާދު އޮތީ މާލޭ އާސަހަރާ މިސްކިތުގައި، މިރޭ އިޝާ ނަމާދަށް ފަހުގައެވެ.
ޑރ. ފަޒުނާ ތައުލީމާއި ތަމްރީން ހާސިލުކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ.
އޭނާ ކިޔަވާ ވިދާޅުވުމަށް ފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިންނަށް ދެނެގަތުމަށް އެސެސްމެންޓްތައް ހެއްދެވުމުގައި ޑރ. ފަޒްނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ޑރ. ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، ޞިއްޙީ ދާއިރާގެ މީހުންނާއި، އޭނާ ފަރުވާ ދެއްވި ކުދިންގެ އާއިލާގެ މެންބަރުން ދަނީ ތަޢުޒިޔާ ކިޔަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ޑޮލަރެއްނެތް" އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ގަޑިއިރެއް ކުރިން

ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15،000 އިން މައްޗަށް!
5 ގަޑިއިރު ކުރިން

ޖީއެޗްޖީ އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި
6 ގަޑިއިރު ކުރިން

އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ހާއްސަ ކްލިނިކެއް ހުޅުވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)