logo

ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15،000 އިން މައްޗަށް!

profile

އާމިނަތު ޝަޒްލާ - 09 ޖުލައި 2026 - 12:01

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުގައި 15،577 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

https://wamco.com.mv/

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް އެއްވެސް ކްރޫޒްލައިނާއެއް ބަނދަރުކޮށްފައި ނުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި ފަތުރުވެރިންގެ ގޮތުގައި އައި އެއް މިލިއަން މީހުންނާއި، ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެއަށް އައި 9،637 މީހުން ހިމެނެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު ފަތުރުވެރިން އައި މިންވަރު ވަނީ 4.9 އިންސައްތަ ދަށަށް ގޮސްފައެވެ. މި ހާލަތާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

މި ހިނގާ ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 39،121 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 40،070 ފަތުރުވެރިންނާ އަޅާބަލާއިރު މަދު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 926 ގެސްޓްހައުސް އަދި 173 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk