logo

"ޑޮލަރެއްނެތް" އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

profile

އާމިނަތު ޝަޒްލާ - 09 ޖުލައި 2026 - 16:26

ދިވެހިރާއްޖެ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު އެމްޑީޕީން "ޑޮލަރެއްނެތް" މި ނަމުގައި ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 8:30 ގައެވެ. މި އިވެންޓް ކުރިއަށް ދާނީ މާލޭގެ އާރޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.

undefined

އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތާއި، ވަކިން ޚާއްޞަކޮށް ބާޒާރުގައި ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމެވެ. މި ޕެނަލްގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީން ވަނީ މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި، ވީހާވެސް ގިނަ ރައްޔިތުން އާރޓިފިޝަލް ބީޗަށް ވަޑައިގެން މި މަޝްވަރާތަކުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ޑޮލަރުގެ ކަޅު ބާޒާރުގެ އަގު އުފުލެމުންދާތީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ވަގުތެކެވެ. އެހެންކަމުން، ސިޔާސީ މައިދާނުގެ މިފަދަ ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk