
ކުރީގެ ރައީސް މުހައްމަދު ނަޝީދު---
ރެސިޑެންސީ ޕްރޮގްރާމަކީ ޑިވެލޮޕަރާއި ބިމުގެ ވެރިފަރާތާ ދެމެދު ވެވޭ ވިޔަފާރި އެއްބަސްވުމެއް: ނަޝީދު

ޖިނާން ޙުސައިން ޖަބީން - 17 ނޮވެމްބަރު 2026 - 12:42
ރެސިޑެންސީ ޕްރޮގްރާމްތަކުގެ ދަށުން ބިން ދޫކުރެވެނީ އެއްވެސް ހާލަތެއްގައި ހިލޭ ނޫން ކަމަށާއި، އެއީ ބިމުގެ ވެރިފަރާތާއި ޑިވެލޮޕަރާ ދެމެދު ވެވޭ ހާއްސަ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ހިންގޭ މުއާމަލާތެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ދޫކުރެވޭ އެއްޗެއް ނޫން ކަމަށެވެ. އަދި މިއީ ޑިވެލޮޕަރާއި ބިމުގެ ވެރިފަރާތާ ދެމެދު ވެވޭ ހާއްސަ ވިޔަފާރި އެއްބަސްވުމެއް ކަމަށާއި މި އެއްބަސްވުން އެކުލަވާލެވެނީ ރެސިޑެންސީ ނުވަތަ ގޯއްޗާއި ގެދޮރު އެކުލެވޭ ގޮތަށް އެ ތަންތަން ތަރައްގީކޮށް ވިއްކުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން ބޮޑު ސަރަހައްދެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުން ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން 'ދިވެހިންގެ ބިން ދިވެހިންނަށް' ހަރަކާތުގެ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޮޑު އެއްވުމެއް ވެސް ވަނީ ބާއްވައިފައެވެ. މި އެއްވުމުގައި ސިޔާސީ އެކި ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެ، ރަސްމާލެ މަޝްރޫއު ބޭރު ކުންފުންޏަކާ ހަވާލުކުރުމާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.
މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމަށް އިދިކޮޅު ފަރާތްތަކުން ގޮވައިލަމުން ދިޔަ ނަމަވެސް، އެފަދަ ވޯޓެއް ނެންގެވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކަޅު ދަބަހުގެ މައްސަލާގައި މުއްތަލިބް ހޫނު ފެނަށް، ދިފާއުގައި ތެދުވީ މުހައްމަދު އިސްމާއިލް!
ދުވަހެއް ކުރިން

ރިއަލް އެސްޓޭޓް ބިލު – ޤައުމީ ސިޔާދަތާއި ބިމުގެ މިލްކުވެރިކަން ވިއްކައިލުމުގެ ނުރައްކާ
2 ދުވަސް ކުރިން

"ރިއަލް އެސްޓޭޓް ބިލާ ދެކޮޅަށް އަޑުއުފުލުމަށް މަޖިލިސް މެންބަރުންނަށް ގޮވާލުމަކީ ވާޖިބެއް"
2 ދުވަސް ކުރިން

އިމްރާން ރައީސަށް: ހިތްވަރެއް ހުރިއްޔާ ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާ!
2 ދުވަސް ކުރިން


