
މަސް އެކްސްޕޯޓްކުރަން މިފްކޯއިން ޗައިނާގެ ކުންފުންޏަކާއެކު ސޮއިކުރުން
މަސް އެކްސްޕޯޓްކުރަން މިފްކޯއިން ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 11:25
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯ އިން، ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު، ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުސަތުތައް ފަހިކުރުމަށް އެއްނަސްވުމެއްގައި ގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާ މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ގެ ތެރެއިންނެވެ.
މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސް އެވެ.
ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.
މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ.
މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.
މިގޮތުން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާން އިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުސަތުތައް ހޯދުމަށެވެ. މީގެ އިތުރުން، ފުރަތަމަ މަރުޙަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިޢާޔަތްކޮށް، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
9 ގަޑިއިރު ކުރިން

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި
11 ގަޑިއިރު ކުރިން

ރާއްޖެއާއި ކުވައިތުގެ އިސްލާމީ ވަޒީރުން ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފި
11 ގަޑިއިރު ކުރިން

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފި
11 ގަޑިއިރު ކުރިން


