
ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޒަމްޒަމް ފާރިޝް, ފޮޓޯ: ސޯޝަލް މީޑިއާ
ރިޒޯޓުތަކުގައި އެއްޖިންސުން ކައިވެނިކުރަން ހުއްދަދިނީ ކާކު؟ ދެންވިސްނާލާ ރަސްމާލެ އަލްޢައްބާރަށް ދިނީމަ ވާނެ ގޮތް: ޒަމްޒަމް ފާރިޝް

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 11:20
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްލާމީ ޝަރީޢަތާއި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމުގެ ފުރުޞަތު އޮތުމާ ގުޅިގެން ޢާންމުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޒަމްޒަމް ފާރިޝް ވަނީ މީސްމީޑިއާގެ މަންސައެއް ކަމަށްވާ 'އެކްސް' ގައި ބަޔާނެއް ޝާއިޢުކުރައްވައި ފާޑުވިދާޅުވެފައެވެ.
ޝައިޚް ޒަމްޒަމް ފާރިޝް ކުރެއްވި ޕޯސްޓެއްގައި ސުވާލު އުފައްދަވާފައިވަނީ، ކަނޑައެޅިގެން މާތް ރަސްކަލާނގެ ޙަރާމްކުރެއްވި ސަދޫމް ބާގައިގެ ލިވާޠުކުރާ މީހުންގެ ނަޖިސް މުޑުދާރު ކައިވެނި ރާއްޖެއަށް ޑޮލަރު ވައްދައިދޭ ރަންބިސްއަޅާ ޞިނާޢަތުގެ މިނިވަން މާޙައުލުގައި ކުރަން ހުއްދަދިނީ ކާކު ކަމަށާއި، މީގެން މި ފެންނަނީ ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒު ނުވާކަން ކަމަށާއި، ދެން 30000 އަލްޓްރާ ނެޓްވޯތު މިނިއަނަރުންނަށް އަމާޒުކޮށްގެން ރަސްމާލެ އަލައްބާރަށް ދިނީމަ ވާނެ ގޮތް ވިސްނާލުމަށް ވަނީ ޝައިޚް ގޮވާލައްވާފައެވެ.
ޝައިޚް ވިދާޅުވީ ޙަރާމް ކަންކަން ކޮށްގެން ޙަރާމް ފައިސާ ކައިގެން އިޤްތިޞާދު ކުރިއަރުވަން އުޅެގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި، އެފަދައިން ފައިސާ ހޯދަން އުޅެން ހިތަށް އަރުވާ މީހާވެސް ވާހުށީ މަގުފުރެދި، ހަލާކުގެ ތުންފަތް މަތީގައިވާ މީހަކަށް ކަމަށެވެ.
ޝައިޚް ވިދާޅުވި ގޮތުގައި ސަރުކާރުން ތަރައްޤީކުރުމަށް ރާވާފައިވާ ރަސްމާލެ މަޝްރޫޢުގެ ދަށުން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ދިނުމުން ނުކުމެދާނެ ނަތީޖާއާމެދު ވެސް ޝައިޚް ވަނީ އިންޒާރު ދެއްވާފައެވެ. އެގޮތުން، ގިނަ ޢަދަދެއްގެ މުއްސަނދިންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މިފަދަ ޣައިރު ޤާނޫނީ އަދި އިސްލާމީ އަގުތަކާ ޚިލާފު ކަންކަމަށް ޖާގަ ލިބިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝައިޚް ވިދާޅުވީ، ދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަން ކޮށްގެން ހޯދާ ފައިސާއަކުން އިޤްތިޞާދަށް ލިބޭނެ ޙަޤީޤީ ފައިދާއެއް ނޯންނާނެއެވެ. އަދި އެފަދަ ގޮތްގޮތުން މަންފާ ހޯދަން މަސައްކަތްކުރުމަކީ މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުވަތަ އުޞޫލެއް ނުހިންގޭނެއެވެ. އަދި ޤާނޫނުލްޢުޤޫބާތުގައިވެސް އެއްޖިންސުން ގުޅުންހިންގުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަނަމަ ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ޢަލީ ޙުސައިން
މިނިޓެއް ކުރިން

2028 ގައި ވެރިކަމަށް އަންނަ ވެރިއަކު ރަސްމާލެ މަޝްރޫއު ބާތިލްކުރާކަން ކަށަވަރުކުރާނަން: ޝެއިހް އިމްރާން
2 މިނިޓު ކުރިން
.jpg&w=3840&q=75)
ޓެކްސްގެ ދެ ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
2 މިނިޓު ކުރިން

ގަރާރުތައް ހުށަހަޅަނީ ރައްޔިތުންނަށް އެކަށީގެވާ ހިދުމަތް ނުލިބޭތީ: މައުރޫފް
ގަޑިއިރެއް ކުރިން


