
މާލެ ސަރަހައްދަށް ކަދުރު ބަހައި ނިމިއްޖެ

ޝުރުފާ މުހައްމަދު - 03 ފެބްރުއަރީ 2025 - 18:00
ސައުދީއަރަބިއްޔާއިން ރޯދައަށް ހަދިޔާކުރި ކަދުރު ބަހައި ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސައުދީ އިން ރާއްޖެ އަށް މި އަހަރަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ކަދުރު ބަހައި ނިމިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިއީ އެތައް އަހަރުތަކަކަށް ފަހު ރަމަޟާން މަހުގެ ކުރިން މިގޮތަށް ހަދިޔާ ކުރި ކަދުރު، ރަމަޟާން މަހުގެ ކުރިން ބަހާ ނިމުނު ފުރަތަމަ ފަހަރު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ ސައުދީ ސަރުކާރުން މިފަހަރުގެ ރަމަޟާން މަހަށް ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރު ކަމަށެވެ. އެއީ 25،000 ޕެކެޓެވެ.
މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހުނީ 20 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ.
މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމޖައްސާފައި ވާއިރު، އެކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވުޒާރާގައި ނަންނޯޓު ކުރުމުގެ ފުރުސަތުވެސް ހުޅުވާލިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހައްޖު، އުމްރާ ކޮންފަރެންސް ފަށައިފި
4 ދުވަސް ކުރިން

ަހައްޖު، އުމްރާ ކޮންފަރެންސަށް ސައުދީ ވަފުދެއް ރާއްޖެއަށް
6 ދުވަސް ކުރިން

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި, މިސްކިތުގެ ނަން ޝަހީދު ޢުމަރު އަޙްމަދުގެ ހަނދާނަށް!
17 ދުވަސް ކުރިން

ސައުދީ ސަރުކާރުން އިތުރު 25،500 މުސްހަފް ރާއްޖެއަށް ހަދިޔާކޮށްފި
24 ދުވަސް ކުރިން


