logo

ދާރުލްއަރްގަމްގެ ޢަމަލީ މަސައްކަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 07 އޯގަސްޓު 2026 - 09:05

ދާރުލްއަރްގަމް ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

https://wamco.com.mv/

ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބިންގާ އެޅުނު މި އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 12 ފަންގިފިލާގެ މި އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ ތަނެކެވެ.

އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑް ފަންގިފިލާ ޕާކިންގ އަށް ހާއްސަ ކުރެވިފައިވާއިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް އަދި ދެވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ގާއިމުކުރެވޭނެއެވެ.

މީގެ އިތުރުން، އެހެނިހެން ފަންގިފިލާތައް ފަރުމާކުރެވިފައިވަނީ ޒަމާނީ އޮފީސްތަކާއި، މީޓިންގ ރޫމްތަކުގެ އިތުރުން ނަމާދުކުރާނެ ހާއްސަ ތަންތަން ހިމެނޭ ގޮތަށެވެ.

އިމާރާތުގެ އެންމެ މަތީބައި ނުވަތަ ރޫފްޓޮޕް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހިތްފަސޭހަ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އުޅެވޭނެ އިންތިޒާމުތަކާއި ލިފްޓުގެ ހިދުމަތް ހިމެނޭ މި އިމާރާތަކީ ޖުމްލަ 39.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގްގެ އެހީގައި ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް އާރްސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

https://wamco.com.mv/
tel:+9607331319