
މިހާތަނަށް 600 ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފައިވޭ: ޝަހީމް

ރިޟްވާން މޫސާ - 27 ޖޫން 2026 - 07:07
ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް މިއަދު ނުކޮށްފިނަމަ ހީ ނުކުރާވަރުގެ ގެއްލުމަކާއި އިސްލާމީ ގޮތުން ކުރިމަތިލާންޖެހިދާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރު ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ޚަތީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ޚުޠުބާ ކިޔާނެ މީހުން ނެތުން ފަދަ މައްސަލަތައް މިހާރުވެސް ދިމާވާކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ އަޅުކަންތައް ތަރުތީބުވެފައިވާ އުސޫލަށް ބަލާއިރު މިސްކިތުގައި ޤާއިމްކުރާ ޖަމާއަތަކީ އިސްލާމީ އުއްމަތުގެ ބަދަހިކަމާއި އަޙުވަންތަކަން ބަޔާންކޮށްދޭ ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެެހެންކަމުން އެ ޖަމާއަތްތަކުގައި އިސްކޮށްތިބުމުގެ ޒިންމާއަކީ މުހިންމު، މާތް ޒިންމާއެއް ކަމަށާއި އިމާމުވެ ނަމާދުކުރުމާއި ބަންގިގޮވުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަމަށެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
13 މިނިޓު ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
18 މިނިޓު ކުރިން

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
20 މިނިޓު ކުރިން

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް: ހާލަތު މޮނީޓަރުކުރަނީ
23 މިނިޓު ކުރިން


