
ފިނޭންސް މިނިސްޓްރީ
ކުރީ ސަރުކާރުން ނެގި ސުކޫކުގެ އޮކްޓޯބަރު މަހުގެ ފައިސާ ދައްކައިފި

މުޙައްމަދު ފަޟްލޫން - 08 އޮކްޓޯބަރު 2025 - 16:09
ކުރީގެ ސަރުކާރުން ނެގި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރު މަހަށް ދައްކަންޖެހޭ 24.6 މިލިޔަން ޑޮލަރުގެ ފައިސާ ފިނޭންސް މިނިސްޓްރީން ދައްކައިފިއެވެ.
ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ ، 500 މިލިޔަން ޑޮލަރުގެ މި ސުކޫކަށް ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރަކު ދެ ފަހަރު ކަމަށެވެ.
އެގޮތުން، ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ފައިސާ ދެއްކުމަށް ބަހާލައިގެން ކޮންމެ އަހަރެއްގެ އެޕްރީލް މަހާއި އޮކްޓޯބަރު މަހު ފައިސާ ދައްކަމުންދާ ކަމަށެވެ.
ސުކޫކަށް އެންމެ ފަހުން ދއްކާފައިވާ 24.6 މިލިޔަން ޑޮލަރަކީ ސުކޫކުގެ މި އަހަރުގެ އޮކްޓޯބަރު މަހުގެ ކޫޕަނަށްވާ ފައިސާކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.
މި ސުކޫކު ވިއްކާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިޔަން ރުފިޔާ) އަށެވެ.
ސުކޫކަށް ފައިސާ ދެއްކުމުގެ ތަވާލާއި އެއްގޮތަށް މިހާތަނަށްވެސް ފައިސާ ދައްކަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސުކޫކުގެ ޖުމްލަ އަދަދުކަމަށްވާ 500 މިލިޔަން ޑޮލަރު އަންނަ އަހަރުގެ އެޕްރީލްގައި މުއްދަތު ހަމަވާއިރަށް ދައްކާ ނިންމާނެ ކަމުގެ ޔަޤީންކަން ފިނޭންސުން ވަނީ ދީފައެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެން ކަމުން، އޮކްޓޯބަރު މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ،
ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ ސެޓެލްމެންޓަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދަރަނި އަދާކުރަމުން ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަމުންދަނީ ރޭވުންތެރިކަމާއެކުގައި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން