
މިޑީއާ ކޮމިޝަންގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ގެނައި ބަދަލުތައް ގެޒެޓުކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 02 އޮކްޓޯބަރު 2025 - 16:48
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިފިއެވެ.
މީޑިއާތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އިންތިޚާބު ކުރާ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އޮކްޓޯބަރު 11ވަނަ ދުވަހު މި އިންތިޚާބު ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ.
އިލެކްޝަން ކޮމިޝަނުން ގެޒެޓުކޮށްފައިވާ އިޢުލާނުގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމުކޮށްފައެވެ. އެގޮތުން ރަޖިސްޓްރީއަށް ހުށައެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކުގެ ތެރެއިން 18 ފަރާތެއް ވަނީ އުނިކޮށްފައެވެ. އަދި މި ރަޖިސްޓްރީއަށް އިތުރު ކުރި 64 މީޑިއާ/ބްރޮޑްކާސްޓަރުންވެސް ވަނީ އާއްމުކޮށްފައެވެ. މި ލިސްޓަށް، ގެޒެޓުގައި އާއްމުކޮށްފައިވާ އިޢުލާނާއެކު ވަނީ ހިމަނާފައެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިރޭގެ 10:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށައެޅޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް، އަށް ފޮނުއްވައިގެންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވާލާފައެވެ. އައު ޤާނޫނާއެކު އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުންގެ ތިބޭނެއެވެ.
އެއީ މީޑިއާތަކުން އިންތިޚާބު ކުރާ 4 މެންބަރުންނާއި މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
3 މިނިޓު ކުރިން

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި
3 މިނިޓު ކުރިން

ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
8 މިނިޓު ކުރިން

ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ
9 މިނިޓު ކުރިން


