.webp&w=3840&q=75)
އިސްރާއީލުން ދިނީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބުނެ، ނަތަންޔާހޫއަށް ޤާނޫނީ ފިޔަވަޅުއަޅަން ޤަތަރުން ގޮވާލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 11 ސެޕްޓެމްބަރު 2025 - 11:46
އިސްރާއީލުން ދިނީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބުނެ، އިސްރާެއީލުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫއަށް ޤާނޫނީ ފިޔަވަޅުއަޅަން ޤަތަރު ސަރުކާރުން ގޮވާލައިފިއެވެ.
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ޤަޠަރުގެ ދައުޙާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫ ޖަވާބުދާރީ ކުރުވުމަށާއި އޭނާއަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލީ ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީއެވެ.
އިސްރާއީލުން ޤަތަރަށް ދިން ހަމަލާތައް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ކުށްވެރިކޮށްފައެވެ.
އިސްރާއީލުން ހަމަލާތައް ދީފައި ވަނީ ޣައްޒާ ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޙަމާސްގެ އިސްވެރިން މަޝްވަރާތައް ކުރައްވަމުން ދަނިކޮށެވެ. ޙަމާސްގެ އިސްެވެރިންނަށް ހަމަލާ ދީފައިވާކަން އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަމަލާތައް ދީފައި ވަނީ ފައިޓަރު ޖެޓު ބޭނުންކޮށްގެންނެވެ.
އިސްރާއީލުން މަސައްކަތްކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔަ ޝަހީދުކޮށްލުމަށެވެ. އޭނާއަކީ ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގަންނަވާފައިވާ ކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޤަޠަރުގެ ފޮރިން މިނިސްޓްރީއިން ވަނީ އިސްރާއީލުން ދިން ޙަމަލާތަކަކީ ފިނޑި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޙަމަލާއަކީ އެންމެހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށާއި، އެއީ ޤަތަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
ދުނިޔޭގެ އިސްލާމީ ގައުމުތަކާއި ބައެއް އެހެން ގައުމުތަކުންވެސް ވަނީ އެކަން ކުށްވެރިކޮށާްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 64,656 މީހުން ޝަހީދުވެ، 163,503 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން