
އީރާނުގެ ރައްދު ހަމަލާތަކުން ޔަހޫދީންގެ 5000 އެއްހައި މީހުން ޒަހަމް ވެއްޖެ

ރިޟްވާން މޫސާ - 25 މާރިޗު 2026 - 07:05
އީރާނުން އިސްރާއީލަށް ދެމުން ގެންދިޔަ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 5000 އެއްހައި މީހަނުން ޒަހަމްކޮށްލައިފި އެވެ
އީރާނުން ޔަހޫދީންނަށް ހަމަލާ ދިނުމުގައި ޔަހޫދީންގެ ކުޑަ ކުޑަކުދިންނާއި، އަންހެނުން އަދި ދުވަސްވީ މީހުންނާޢި މިނޫންވެސް މެދު އުމުރުގެ ފަރާތްތަކަށް ހަމަލާ ނުދާނެ ފަދަ ގޮތަކަށް ހަމަލާތައް ދެމުން އަންނަ ކަމަށް އެގައުމުން ވަނީ ހާމަކޮށްފަ އެވެ.
އެހެން ނަމަވެސް އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށާއި، އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގައި ހުއްޓައި ނުލާނެ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމަ އަކީ އެއްވެސް ސަބަބެއް ނެތި އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނު ފުޑުފުނޑު ކޮށްލާނެ ކަމަށް ބުނެ ފެށި ހަނގުރާމަ އެކެވެ.
މި ހަނގުރާމައިގެ ސަބަބުން އިސްރާއީލަށާއި، އެމެރިކާ އަށްވެސް އިގްތިސާދީ ގޮތުން ވަނީ ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
އިސްރާޢީލަށް އަމާޒުކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް 18 މީހުން މަރުވެ 4،829 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. ޔަހޫދީންނަށް ސިހުން ގެނުވައިލި އީރާނުގެ ވަރުގަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ޔަހޫދީ ދައުލަތުގައި ދިރިއުޅޭ މީހުން ރައްކާތެރި ބިންގަރާސްތަކަށް ދިޔުމަށް ސަރުކާރުން ދަނީ އަންގަމުންނެވެ
އިސްރާޢީލުގެ މައި ނިއުކުލިޔަރ މަރުކަޒު ހުންނަ ސިޓީއަށް ވެސް އީރާނުން މިސައިލް ޙަމަލާތައް ދީފައިވެއެވެ. އެ ޙަމަލާތަކުގައި 180 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ 13 ސިފައިން ވެސް މިހާތަނަށް މަރުވެ، 200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު
7 ގަޑިއިރު ކުރިން

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން – ސީއީއޯ
7 ގަޑިއިރު ކުރިން

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް – ބީއެމްއެލް ސީއީއޯ
11 ގަޑިއިރު ކުރިން

ސްކޭމް ގެ ގޮތުގައި ގެއްލުނު 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)