logo
 ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ:  ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

40.4 ބިލިއަން ރުފިޔާ މިއަހަރު ހިލޭ އެހީއާއި އާމްދަނީ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ: ރައީސުލްޖުމްހޫރިއްޔާ

profile

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 05:37

މިއަހަރު ހިލޭ އެހީއާއި އާމްދަނީ ގޮތުގައި 40.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަހަރުގެ ރިޔާސީބަޔާން އިއްވަވަމުން ރައީސް ވަނީ ހުސްވި އަހަރުގެ ބަޖެޓުން ސަރުކާރަށް ހޯދުނު ކާމިޔާބީތައް ހިއްސާކުރައްވާފައެވެ.

2025 ވަނަ އަހަރު ނިމުނު އިރު ދައުލަތަށް ބޭރުފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެސްޑީއެފަށް ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއިން ނަގާފައިވާ ލޯނުގެ ބޮޑުބައެއް ދެއްކުމަށް އެ ގައުމާ އެކު ރީފައިނޭންސް ކުރުމާއި ގުޅޭ އެއްބަސްވުމަށް ވަނީ އާދެވިފައެވެ.

އިންޑިއާއިން ދީފައިވާ ކަރަންސީ ސްވެޕް ފެސިލިޓީގައި ކުރިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންއޮތް ޝަރުތު އުނިކޮށް ރޯލްއޯވަރ ކޮށްދީފައިވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވްއަށް އެކަމުގެ ހެޔޮ އަސަރުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރުފައިސާ އާއި ބެހޭ ގާނޫނު ތަންފީޒްކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެމްބަރާއި ހަމައަށް އެމްއެމްއޭ މެދުވެރިކޮށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަަބަބުން 2025 ވަނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay