logo
---

---

ހެލްތް މިނިސްޓްރީން ޒުހެއިރު އިސްތިއުފާ ދެެއްވައިފި

profile

އަހުމަދު ޒަލީފު - 31 އޯގަސްޓު 2023 - 08:05

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު ޒުހައިރު މަގާމުން އިސްތިއުފާދީފިއެވެ.

https://wamco.com.mv/

ޒުހައިރު މަގާމުން އިސްތިއުފާ ދެއްވިކަން އެމްއާރްއެމްއިން ވަނީ "ވަގުތަށް" ޔަމީންކޮށްދީފައެވެ. އޭނާ އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ޒުހައިރު އިސްތިއުފާދެއްވި ސަބަބެއް އެމްއާރްއެމްއަކުން ހާމައެއް ނުކުރެއެވެ.

ޒުހެއިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މި ހަފްތާގެ ތެރޭގައި އެ މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ޑރ. ޝާހް މާހިރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝާހް އެ މަގާމު ފުރުއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޖޭޕީ ދޫކުރައްވާ ޝާހް ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ މިހާރު ގުޅިވަޑައިގެންފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay