
ދިވެހީން ހެއްވާލައި ޓޫ އުފް އަސް ފައިނަލަށް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 02 މޭ 2025 - 16:20
އިންޑިއާގެ ރިއަލިޓީ ޝޯވ "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ސީޒަންގެ ފައިނަލުން ޖާގައެއް ދިވެހިރާއްޖެއިން ވާދަކުރަމުން އަންނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" ކަށަވަރުކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ އެ ޝޯވގެ ސެމީ ފިނާލޭގައި އެ ޓީމުން ވަނީ ފައިނަލްގެ ޖާގަކަށަވަރު ކުރުމަށް ހިތްގައިމު ހުށަހެޅުމެއް ހުށަހަޅާފައެވެ.
އެ ޝޯވގެ ފައިނަލްގެ ޖާގަކަަށަވަރު ކުރި ފަސް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، މިއީ ބައިނަލްއަޤްވާމީ މިފަދަ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑަކުން ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.
ޓޫ އޮފް އަސްގެ ލީޑް ވޯކަލަސްޓް އަދުހަމް ބުނާ ގޮތުގައި ޝޯވގައި އެ ބޭންޑުން ދައްކަނީ ހަމައެކަނި ހުނަރު ނޫނެވެ. އެހެން ނަމަވެސް ދިވެހިންގެ "ހިތުގެ ވިންދު" ކަަަމަށް އަދުހަމް ބުންޏެވެ.
"ޓޫ އޮފް އަސް"އަށް މި މުބާރާތުގެ ފައިނަލުން ޖާގަކަށަވަރުވުމާ އެކު ބޭންޑުގެ މެމްބަރުން ވަނީ ދިވެހީންގެ ފަރާތުން ބޭންޑުގެ މެމްބަރުންނަށް ލިބެމުން އަންނަ ތަރުޙީބާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ބޭންޑުން ސްޓޭޖުގައި ހުށަހަޅައިދޭ ކޮންމެ ހުށަހެޅުމެއްގެ ފަހަތުގައި ވެސް އާއިލާގެ މެމްބަރުންނާއި އެކުވެރިންގެ އިތުރުން ދިވެހި އެތައް ރައްޔިތެއްގެ އުއްމީދާއި ހެޔޮ ދުޢާވާ ކަމަށާއި ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ދިވެހި ދިދަ އުފުލާލުމުގެ ޝަރަފު އެ ބޭންޑަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބޭންޑުން ވަނީ ބުނެފައެވެ.
މުޅި މުބާރާތުގެ ފިނާލޭ ބޭއްވުމަށް ހަމަޖަހިފައިވަނީ 03 މެއި 2025 ވާ ހޮނިހިރު ދުވަހު (މާދަމާ)އެވެ.
މި ޝޯގެ ފަނޑިޔާރުންގެ ބޮޑު ތަރުހީބެއް "ޓޫ އޮފް އަސް" އިން މިހާތަނަށް ހުށަހަޅާފައިވާ ކޮންމެ ހުށަހެޅުމަކަށް ވެސް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.
"ބެޓުލް އޮފް ބޭންޑްސް" އަކީ އިން ޑިޔާ ސަރުކާރުގެ ދޫރްދަރްޝުން ގެނެސްދޭ ލަވަ މުބާރާތެކެވެ. މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން މި ޝޯ މި އަހަރު ގެނެސް ދެނީ ބޭރު ޤައުމުތަކަށް ވެސް ފުރުސަތު ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވީ ޒުވާން ބޭންޑް "ޓޫ އޮފް އަސް"ކަން ފާހަގަކޮށްލަންޖެހެއެވެ.
އަދުހަމް އާއި ނަސޫހުގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ ޢަބްދުﷲ ޝަމްރޫޙް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ)އެވެ.
ރާއްޖޭގެ އިތުރުން މި ޝޯގައި މޮރިޝަސް، ތަޖިކިސްތާން، އަފްޤާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުން ވާދަކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން