logo

ލޯބިންގެ ތަރިން ލޯބި ގޮތަކަށް ދައްކާލައިފި

profile

އައިޝަތު އިބްރާހިމް - 17 މޭ 2025 - 08:20

"އައި ފިލްމްސް"ން އުފައްދާ ފުރަތަމަ ލޯބީގެ ފިލްމުގެ ތަރިން ނިކަން ލޯބިގޮތަކަށް ދައްކާލައިފިއެވެ.

https://wamco.com.mv/

އިންސްތާގްރާމަށް ފިލްމްގެ ތަރިންގެ ފޮޓޯ ހިމެނޭ ޕޯސްޓަރެއް ދޫކޮށްލާ އިއްލެ ބުނެފައިވަނީ ތަރިންނަކީ ކޮބައިކަން ދިމާކުރުމަށެވެ.

އިންސްތާގްރާމްގެ އެ ފޮޓޯއިން ފެންނަނީ 5 މީހެކެވެ. ހުރީ ނަންބަރުވެސް ޖަހާފައެވެ. 1 އަދި 2 ތިބީ ރަތްކުލައިން ގުޅުވައިން ހެދުން ލައިގެންކަން ފާހަގަކޮށްލަން ޖެހެއެވެ. ހީވާގޮތުން މިއީ ފިލްމްގެ ލީޑް ތަރިންނެވެ.

މި ފަސްމީހުން ޕޯސްޓަރުން ފެނިގެންދާއިރު ހުރީ ނަމްބަރުތަކެއް އެމީހުންނަށް ދީފައިކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ކޮންމެ މީހެއްގެ މޫނު ނިވާކޮށް ހުދުކުލައިގެ ބޯޑުގައިވަނި އެކްޓަރ 1، 2، 3، 4 އަދި 5 މިހެން ލިޔެ ކޮންމެ މީހަކު އަތަށް ރަތް ކުލައިގެ ފިނިފެންމަލެއްވެސް ދީފައެވެ.

މި ޕޯސްޓާއިއެކު އިއްލެ އަދި އިތުރު ވާހަކައެއް އެބަ ބުނެއެވެ. އެއީ އެ ތަރިންނަކީ ކޮންބައެއްކަން އެނގޭނެކަމެވެ.

އަޅުގަނޑުވެސް ކުޑަކޮށް ގެސް ކޮށްލީމެވެއެވެ. އެހެން ނަމަވެސް މިތާކު ނުބުނާނަމެވެ. ތިބޭފުޅުންނަށް އެނގޭނަމަ އިއްލެގެ އެ ޕޯސްޓްގައި ޝެއަރ ކޮށްލަދެއްވާށެވެ.

އިލްޔާސް ވަޙީދު (އިއްލެ) އަކީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ އެހާމެ ކުޅަދާނަ ވާހަކަ ލިޔުންތެރިއެކެވެ. މޮޅު ޕްރޮޑިއުސަރެކެވެ. އަދި އެއަށްވުރެވެސް ހީވާގި މޮޅު ޑައިރެކްޓަރެކެވެ. މި ފިލްމަކީ އިއްލެ ޑައިރެކްޓްކުރާ ފަސް ވަނަ ފީޗާ ފިލްމެވެ.

"ލޯބިން" އެކު އިއްލެ މިވަންނަނީ ލޯބީގެ ފިލްމްގެތެރެއަށެވެ. މިއީ އިލްޔާސް ވަޙީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ފުރަތަމަ ލޯބީގެ ފިލްމެވެ. މިއީ އިއްލެގެ ކެރިއަރުގައި ރޮމޭންސް ނުވަތަ ލޯބި ހިމެނޭ ފުރަތަމަ ޕްރޮޖެކްޓްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ޕްލޮޓްގެ ތަފްޞީލުތައް ފޮރުވިފައި އޮތް ނަމަވެސް، އޭނާގެ ވާހަކަ ކިޔައިދިނުމުގެ ހުނަރުގެ އައު ޑިމޭންޝަނެއް ދައްކާލުމަށް މި ޕްރޮޖެކްޓުން އިއްލެ ވައުދުވެއެވެ.

މި ފިލްމް އިއުލާން ކުރުމުން އިއްލެގެ ފޭނުންނާއި ފިލްމަށް ޝައުޤުވެރިވާ މީހުންގެ މެދުގައި ވަނީ ބޮޑު ޝައުޤުވެރިކަމެއް ފިލްމާމެދު އުފެދިފައެވެ.

އިލްޔާސް ވަޙީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ލޯބިން ޕްރޮޑިއުސް ކުރަމުން އަންނަނީ އައިފިލްމްސް، ލައިޓްސްއައުޓް ޕްރޮޑަކްޝަންސް، އަދި އިންޖިނިއަރސް ވިޝުއަލް ފެކްޓްރީގެ ކޯލަބްރޭޓިވް ބެނާތަކުގެ ދަށުންނެވެ.

"އައިފިލްމްސް"ގެ ހުރިހާ އުފެއްދުމެއްގައި ވެސް ދާއިރާ އަށް އައު މޫނުތައް ތަޢާރަފްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އެފަދަ ބައެއް ފަރާތްތަކަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރުއެންމެ އަވަދިނެތި އުޅޭ ފަންނާނުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

2019 ވަނަ އަހަރު ޑައިރެކްޓަރެއްގެ ގޮތުން އިލްޔާސް ވަހީދު(އިއްލެ) ފެނިގެންދިޔައީ އެ އަހަރު ނިކުތް ސައިކޮލޮޖިކަލް ތްރިލާ ބަވަތި އިންނެވެ. އެއަށް ފަހު އެކްޝަން ޕެކްޑް ތްރިލާއެއް ކަމަށްވާ ނީނާ ، ފަހުން ފްރީ ޑެލިވަރީ އިން ކޮމެޑީ ސަސްޕެންސް އަށް ވެސް ވަނީ އިއްލެގެ ފިލްމްތަކުގެ ޖޯންރާ ވަދެފައެވެ. އަދި ދަރަކަ އާއި ބިރުވެރި ވާހަކަ ފަދަ ވެބް ސީރީޒްތައް ވެސް ހިމެނެއެވެ. އިއްލެގެ އެންމެ ފަހުން ރިލީޒްކުރި "ކަންބަޅި" އިން ބިރުވެރި ތްރިލާ ޖޯންރާ ތެރެއަށްވަދެ، ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ވަރސައިޓަލް އެއް ޑައިރެކްޓަރުގެ ގޮތުގައި އޭނާގެ ނަން އިތުރަށް ވަރުގަދަ ކުރިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay