
ގަވާއިދާ ހިލާފަށް ދުވާރުމަތީ ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒު ނަގަން އެޗްޑީސީ އިން އަންގައިފި

މުޙައްމަދު ފަޟްލޫން - 09 އޮކްޓޯބަރު 2026 - 04:36
ހުޅުމާލޭގައި ހިންގަމުންދާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ އަދި ޓޭކްއަވޭ ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ބޭރުގައިވާ ދުވާރުތަކާއި ހުސްޖާގަތަކުގައި، ގަވާއިދާ ޚިލާފަށް ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުން މަނާކޮށްފައި ވީނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެކަން އިސްލާޙުކޮށްފައި ނުވާތީ އެ ތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން އަންގައިފިއެވެ.
އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އެންމެހައި ތަކެތި ނެގުމަށާއި، ކާބޯތަކެތި ވިއްކުމުގެ ރަސްމީ ހުއްދަ ނުނަގައި ހިންގާ ތަންތަނުން އެ ހުއްދަތައް ފުރިހަމަކުރުމަށް 8 ނޮވެމްބަރު 2026 ގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.
އެޗްޑީސީ އިން ބުނީ ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ބަލައި ފާސްކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަމުންދާނެއެވެ.
މި ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަރުޙަލާގައި މުދަލަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ހުޅުމާލޭގެ މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާން، ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކުރެވެމުންދާ މި މަސައްކަތުގައި، ޢާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
33 މިނިޓު ކުރިން
.webp&w=3840&q=75)
މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި
35 މިނިޓު ކުރިން

ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ: ހެލްތު މިނިސްޓްރީ
36 މިނިޓު ކުރިން

މަގުމަތީގެ ރައްކާތެރިކަމަށް މާލެ ސަރަހައްދުގައި ޚާއްޞަ ޓްރެފިކް އޮޕަރޭޝަނެއް!
4 ގަޑިއިރު ކުރިން


