
ފެނުގެ ޚިދުމަތް ދޭން ފެށުން - ފޮޓޯ ސްޓެލްކޯ
ގުޅީގައި ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދޭން ފަށައިފި

އަހުމަދު ޒަލީފު - 07 ޖެނުއަރީ 2023 - 19:34
ސްޓެލްކޯއިން ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ގުޅީގައި ދޭންފެށި މި ޚިދުމަތާއެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯ އިން ބުނީ ބުރާސްފަތި ދުވަހު ގުޅީގައި ދޭންފެށި މި ހިދުމަތާއި އެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ފެނުގެ ހިދުމަތް ހޯދުމަށް ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެކެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ޚިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ޚިދުމަތް އެ ރަށުން ފޯރުކޮށްދެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އޮޑިދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ބޭންޑް A އަށް 10 ރުފިޔާ، ބޭންޑް B އަށް 12 ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް 13 ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މީގެ އިތުރުންވެސް ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިކުންފުނިން ދަނީ ވަމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން