
މެންބަރު ޒަރީރަށް އަނެއްކާވެސް ހަމަލާދީފި

މުޙައްމަދު ފަޟްލޫން - 29 ޖޫން 2026 - 08:20
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ދީފިއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ޒަރީރަށް ލިބުނު އަނިޔާތަކުގެ ތަފުސީލު އަދި ސާފުވެފައި ނުވާއިރު، މިކަމާ ގުޅޭގޮތުން އޭނާގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިއީ މެމްބަރު ޒަރީރަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިން ދެވަނަ ފަހަރެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނަވަނިކޮށް، 1 މެއި 2023 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ކެފޭއެއްގެ ތެރެއިން ވެސް އޭނާއަށް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ.
5 މީހުންގެ ގުރޫޕަކުން ދިން އެ ހަމަލާގައި، ޒަރީރުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރުމުގެ އިތުރުން، މަރުތޭލަކުން ޖަހައި އޭނާގެ ބޯ ފަޅާލާފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ތ. ކިނބިދޫ ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި، މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން މއ. ނައިޓްވިލާ އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ. މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާއިރު، އިބްރާހީމް ޢަބްދުﷲގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.
މި މައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އެ މީހުން މިނިވަންކޮށްފައެވެ. ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި "ހަބީބީ ކެފޭ" އަކީ އަނދިރި ތަނަކަށް ވުމުން، ހަމަލާދިން މީހުންނަކީ ސީދާ ކޮން ބައެއްކަން ދައުލަތުން ހުށަހެޅި ހެކިވެރިންގެ ބަހުން ސާބިތުކޮށްދެވިފައެއް ނުވެއެވެ.
މީގެ އިތުރުން، އެ ހަމަލާގައި އިބްރާހީމް ޢަބްދުﷲ ބައިވެރިވެފައި ނުވާ ކަމަށް ޒަރީރު ދީފައިވާ ހެކިބަހަކީ ވެސް ކޯޓުގެ މި ނިންމުމަށް ބާރުލިބުނު މުހިންމު ސަބަބެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ޓެކްސީލައިން މެދުވެރިކޮށް މިހާތަނަށް 6912 ދަތުރުކޮށްފައިވޭ: ސައީދު
2 ގަޑިއިރު ކުރިން

މޭ މަހު ޒަކާތު ފަންޑަށް 7.6 މިލިއަން ރުފިޔާ ލިބިއްޖެ
2 ގަޑިއިރު ކުރިން

އަދުހަމް މަރަން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފި
2 ގަޑިއިރު ކުރިން

ސަފީރު ކަމުގެ ފަތްކޮޅު ޔޫއޭއީ ސަރުކާރަށް ތޯރިގު އަރުވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)