
ދެ އެއަރލައިނަކުން ޔޫރަޕްގެ 8 ސިޓީއަކާ ރާއްޖެ ގުޅުވާލަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 11:50
ގަލްފް އެއަރ އާއި ބިއޯންޑް އެއަރލައިން ގުޅިގެން، ރާއްޖެއާއި ބަހްރައިންގެ އިތުރުން ޔޫރަޕްގެ އަށް ސިޓީއަކަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، މިއަހަރާއި އަންނަ އަހަރުގެ ފިނިމޫސުމުގެ ދުވަސްވަރު ދަތުރުތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ދަތުރުތަކުގައި ބޭނުންކުރާނީ ބިއޯންޑް އެއަރލައިންގެ ފުލް ލައި ފްލެޓް ޕްރީމިއަމް ކޮންފިގަރޭޝަންގެ ބޯޓުތަކެވެ.
އަދި ގަލްފް އެއަރގެ ކޯޑްޝެއަރ އަދި ލޯޔަލްޓީ ޕްރޮގްރާމްތަކުގެ މަންފާ މި ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ގަލްފް އެއަރގެ ބައިނަލްއަޤްވާމީ ޑިސްޓްރިބިއުޝަން ނިޒާމާއި ބަހްރައިން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް މި ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި ޕާޓްނަޝިޕުގެ ސަބަބުން ގަލްފް އެއަރގެ ޕްރީމިއަމް ޚިދުމަތްތައް ދުރު ރާސްތާގެ މަންޒިލްތަކަށް ފުޅާވެ، ސަރަޙައްދީ ވައިގެ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބަހްރައިންގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި ފެށޭ ފިނި މޫސުމުގެ ޝެޑިއުލްގައި، ބަހްރެއިނުން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމުގެ އިތުރުން، ޔޫރަޕްގެ މުހިންމު މަންޒިލްތައް ކަމަށްވާ ޕެރިސް، ލަންޑަން، ޒިއުރިކް، މޮސްކޯ، މިލާން އަދި ރޯމަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ގަލްފް ގައުމުތަކާއި ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ފިނި މޫސުމުގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް މި ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްޕެއިންގެ މަލާގާ، ފްރާންސްގެ ނީސް އަދި ޖެނީވާއަށް ކުރާ ދަތުރުތައް މި ޕްލޭންގެ ދަށުން ފެށިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް އެޗްޑީސީ އިން އެމްއައިބީ ގެ އެހީގައި ގާއިމުކޮށްދެނީ
7 ގަޑިއިރު ކުރިން

ޗައިނާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
7 ގަޑިއިރު ކުރިން

އިންޑިއާގެ ސަފީރު ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި
8 ގަޑިއިރު ކުރިން

ޕާކިސްތާނުގެ ސަފީރު ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)