
މުނިޔާމަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2026 - 05:46
މާފަންނު މުނިޔާމަގުގައި ހުރި ގެއެއްގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
އަލިފާން ރޯވެފައިވަނީ މާފަންނު ޖާޔާ ކުޝަން ކައިރީގައި ހުރި ގުދަނެއްގައެވެ.
މި ގުދަނުގައި ގިނަ އަދަދެއްގެ ފޮތި ރޯލުތަކެއް ރައްކާކޮށްފައި ހުރި ތަނެކެވެ.
އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި، ސިފައިން ކުރި ހިތްވަރުގަދަ މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން މިއަދު ހެނދުނު ގަލޮޅު ގެއެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
ގަލޮޅުގައި ހުރި ގޭގައި ރޯވި އަލިފާންގަނޑުވެސް ވަނީ ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

"ޑޮލަރެއްނެތް" އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ގަޑިއިރެއް ކުރިން

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
4 ގަޑިއިރު ކުރިން

ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15،000 އިން މައްޗަށް!
6 ގަޑިއިރު ކުރިން

ޖީއެޗްޖީ އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)