logo

ކުޅިދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮތް މީހާ މިއަދު ވަޅުލަނީ

profile

ޝުރުފާ މުހަންމަދު - 20 ސެޕްޓެމްބަރު 2024 - 14:39

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހަންމަދު ހަސަން--- ފޮޓޯ: ކަށުނަމާދު ޕޭޖް

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހަންމަދު ހަސަން--- ފޮޓޯ: ކަށުނަމާދު ޕޭޖް

ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާ މިއަދު ވަޅުލަން ނިންމައިފި އެވެ.

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނުނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު ފަޅުތެރެއިން އެމީހާގެ ހަށިގަނޑު ފެނިފައިވާއިރު، އެމީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ ސިޓީގެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އެމީހާގެ ހަށިގަނޑު މިދިޔަ ހަފްތާތެރޭގައި ޕޯސްޓްމޯޓަމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިއަދު ހެނދުނު އަނބުރާ މާލެ ގެނެސްފައިވާ ކަމަށެވެ. އެކަމަކު އޭނާގެ މަރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކަށުނަމާދުގެ މައުލޫމާތު ހިއްސާކުރާ ޕޭޖުގައިވާގޮތުން އުމުރުން 36 އަހަރުގެ މުހަންމަދު ހަސަން ނަމަކަށް ކިޔާ އެމީހާ ވަޅުލާން ހަމަހެހިފައި ވަނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

tel:+9607331319