logo

ފުލުހުން ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 22:04

ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މައްސަލާގައި ހައްޔަރުކުރި މީހާ---- ފޮޓޯ: ފުލުހުން

ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މައްސަލާގައި ހައްޔަރުކުރި މީހާ---- ފޮޓޯ: ފުލުހުން

ފުލުހެއްގެ ގައިގަ ސައިކަލުން ޖައްސާ ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ އަލީ ސަމާހު 24އ، ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު، ހެންވޭރު ދަނޑު ކައިރިން ކަމަށެވެ. އެ ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދާތީ މަޑުކުރަން ބުނުމުން މަޑުނުކޮށް، ފުލުހެއްގެ ގައިގަ ސައިކަލުން ޖައްސާ މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

މި މައްސަލާގައި އޭނާ ހައްޔަރުކުރީ އިއްޔެ ކަމަށާއި، އޭނާގެ ބަންދަށް މިއަދު ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

tel:+9607331319