logo

އައްޑޫގައި ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

profile

ޒިދާން މުޙައްމަދު - 16 އޮކްޓޯބަރު 2024 - 06:03

އައްޑޫ ސިޓީގައި ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އައްޑޫ ހިތަދޫގެ ފިހާރައަކަށް ވަދެ ސޭޓަށް ބިރު ދައްކާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ފެންނަނީ ފިހާރައަކަށް ދެ މީހަކު ވަދެ އެކަކު ދަގަނޑުބުރިއަކުން އަދި އަނެއް މީހާ ވަޅިއަކުން ސޭޓަށް ބިރުދައްކައި، ފައިސާތައް ފޭރިގެން ދާ މަންޒަރެވެ.

ވީޑިއޯއިން ފެންނަ މަންޒަރަށް ބަލާއިރު ފޭރޭ މީހުން ފޭރުމަށް ފަހު، ނުކުމެގެން ދާއިރު ދަގަނޑުބުރި އޮންނަނީ ފިހާރައިގެ ސޭޓުގެ އަތުގައެވެ. އޭނާ އެ މީހުން ފަހަތުން އެ ހިފައިގެން ދުއްވައިގަންނަ މަންޒަރުވެސް ވީޑިއޯ އިން ފެނެއެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ފިހާރަ ފަދަ ތަންތަނަށް ވަދެ ބިރުދައްކައިގެން ފޭރުމަކީ ރާއްޖޭގައި ހިނގާ ކަމެކެވެ.

ހާއްސަކޮށް ބޮޑެތި ރަށްރަށާއި ސިޓީތަކުގައި މިކަން ހިނގާލެއް ގިނައެވެ.

https://etukuri.mv/
https://www.aslu.com.mv