logo

ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނަން: ސްރީލަންކާގެ އައު ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 23 ސެޕްޓެމްބަރު 2024 - 16:40

ދިވެހިރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާގެ އައު ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެ އެވެ.

އަނުރަ މިހެން ވިދާޅުވީ، ލަންކާގެ ރައީސްކަމަށް އޭނާ އިންތިހާބުވެވަޑައިގަތުމުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ 'އެކްސް' ގައި ކުރެއްވި ޕޯސްޓް ރީޕޯސްޓް ކުރެއްވުމަށް ފަހު =އެވެ.

އަނުރަ ވިދާޅުވީ، ދެ ގައުމުގެ ޒަމާންވީ ގުޅުން ބަދަހިކުރުމަށްޓަކައި އޭނާގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ގުޅުންތައް ބަދަހިކުރުމަށް ވެސް ރާއްޖެއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާގެ އައު ރައީސް ވިދާޅުވި އެވެ.

ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަންގެ ލީޑަރު، އަނުރަ ކުމާރަ ޑިސަނަޔަކަ ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޖުމްލަ 42.31 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އެވެ.

އަނުރަ އާ އެންމެ ގާތުން ވޯޓު ހޯއްދެވި ލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީ، ސަމަގި ޖަނަ ބަލަވެގަޔަގެ ލީޑަރު، ސާޖިތު ޕްރެމަދާސައަށް ލިބިވަޑައިގެންފައިވަނީ ލިބިވަޑައިގެންނެވީ 32.76 އިންސައްތައެވެ. ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހައަށް އެ އިންތިހާބުގައި ލިބިވަޑައިގެންނެވީ އެންމެ 17 އިންސައްތަ ވޯޓެވެ.

މިއީ ސްރީލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިބި އިގްތިސާދީ ކާރިސާއަށް ފަހު އެ ގައުމުގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ އަކީ އެ ގައުމުގެ 9 ވަނަ ރައީސެވެ.


https://wamco.com.mv/
tel:+9607331319