logo

ރައީސް ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މިރޭ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޯގަސްޓު 2024 - 11:21

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ ----

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ ----

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލުކޮށްފި އެވެ.

ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި ހުންނަ ޕީއެންސީ ހައުސް ހަރުގޭގައެވެ.

މި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނާ އެކު ސަރުކާރުގެ އިސްވެރިން ވެސް މި ޖަލްސާގަ ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

އެ ހަރުގޭގައި ބޭއްވި އެންމެ ފުރަތަމަ ޖަލްސަގައި ވާހަކަދައްކަވަމުން ރައީސް ވަނީ، އެ ޖަލްސާތަކުގެ ބޭނުމަކީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ހާމަކުރުން ކަމަށް ވިދާޅުވެފަ އެވެ.

tel:+9607331319