logo

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެއްޖެ

profile

ޒިދާން މުޙައްމަދު - 04 އޮކްޓޯބަރު 2024 - 19:15

ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވނީ ގިނަވެފައި

ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވނީ ގިނަވެފައި

ފަތުރުވެރިކަން ކުރިއަރައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އެރުމަށް ގާތްވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،492،031 އެފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،361،048 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 9.6 އިންސައްތައިގެ އިތުރުވުމެކެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5،445 ފަތުރުވެރިން އާދެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއަށް 132،799 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ އެ މަހުގައި ރާއްޖެ އައިސްފައި ވަނީ 130،967 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން ރާއްޖެއަށް 221،143 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 162،288 ފަތުރުވެރިން އައިސްފައިވެއެވެ. އެ ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 126،332 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް އައިސްފައި ވަނީ 106،946 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާރު 167 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 14 ހޮޓެލަކާއި، 887 ގެސްޓް ހައުސްގެ އިތުރުން، 152 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

https://int.etukuri.mv/
tel:+9607331319